FCPD7

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ކ.ގުރައިދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މެއި މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ކ.ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަށް ފެށިގެންދިޔައީ ގުރައިދޫ ބަނދަރު ސަރަޙައްދުގައި ކުރިއަށްދިޔަ ކުޑަކުދިންނަށް އަޅާލާ މުޖުތަމަޢުއެއް ޤާއިމްކުރުމަށް ޚާއްސަ މެސެޖްތައްދޭ ބިލްބޯޑް އިފްތިތާޙް ކުރުމުގެ ރަސްމިޔާތުންނެވެ.

FCPD6

މި ހަރަކާތްތަކުގެ ތެރެއިން އެރޭ ގުރައިދޫގެ ސްކޫލުގެ ބެލެނިވެރިންނާއި ގްރޭޑް 8 ން މަތީގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ދަރިން ތަރުބިއްޔަތު ކުރުމުގެ ހުނަރާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ގޯސްތަކާއި، އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވުމާއި މައިންބަފައިންގެ އުންމީދުތަކާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ސަބަބުން ލިބޭ ގިނަގުނަ ނިޢުމަތްތަކާ ބެހޭގޮތުން މުހިންމު މަޢުލޫމާތު ދީފައިވެއެވެ.

FCPD5

މީގެއިތުރުން ގުރައިދޫ ފުޓްބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ތަފާތުގިނަ ވައްތަރުގެ ސްޓޯލްތައް ޤާއިމުކޮށް ކުޑަކުދިންގެ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުޞަތު އެކުދިންނަށް ދީފައިވެއެވެ.  ހަމައެއާއެކު މި ހަވީރުގައި “ދަ ރޮބޯ މޭން” އާއި މޯލްޑިވިއަން އައިޑޯލްއިން މަޝްޙޫރުވި އިބްރާހީމް ވަހީދު (ބޮޑުބެ) ގެހުށަހެޅުންތަކެއްވެސް ފެނިގެން ގޮސްފައިވެއެވެ.

FCPD1

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓާއި ގުރައިދޫ ކައުންސިލާއި ގުރައިދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އެރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާ ގުޅިގެންނެވެ.

FCPD3

ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިސްނަގައިގެން ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް މިފަދަ ހަރަކާތްތަކެއް އއ. މަތިވެރީގައި ކުރިއަށް ގެންގޮސްފައިވެއެވެ.