ގޭޓްވޭ ސްކޫލު ކައިރި ބަލައިފާސްކުރިއިރު ފެނިފައިވާ ބައެއް ތަކެތި -
ގޭޓްވޭ ސްކޫލު ކައިރި ބަލައިފާސްކުރިއިރު ފެނިފައިވާ ބައެއް ތަކެތި -

ހުޅުމާލެ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން ވައްކަންކުރަން ވަދެއުޅުނު ދެމީހަކު ފިލަން މަސައްކަތްކުރަނިކޮށް ފުލުހުންގެ މަސައްކަތުން ހުއްޓުވައި ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 37 އަހަރުގެ ދިވެހި ފިރިހެނުންނެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ މެއި 8 ވަނަ ދުވަހުގެ 03:40 ހާއިރު ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލު ފާރުމަތިން ފުއްމާލައިގެން ފިލަން މަސައްކަތްކުރަނިކޮށެވެ. މިދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ހިތިގަސްމަގު 3 ނަންބަރު ގޯޅިންނެވެ. 20 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ 48 ނަންބަރު ފްލެޓް ކައިރިންނެވެ.

އެދެމީހުން ހައްޔަރުކޮށް، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލާއި ސްކޫލް ކައިރި ބަލައިފާސްކުރިއިރު، ފޯނަކާއި ދެ ދަތްގަނޑާއި ކަށިގަނޑުތަކެއްގެ އިތުރުން ދަބަހަކާއި އަންގިއާއި މާސްކެއް ފެނިފައިވެއެވެ. މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.