Thinadhoo

ގދ. ތިނަދޫގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މެއި 3 ވަނަ ދުވަހުން  ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މިޕްރޮގްރާމްގައި، ތިނަދޫގައި ވިޔަފާރިކުރާ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، އެފަދަ ކަމެއް ފާހަގަ ވެއްޖެނަމަ އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ފިހާރައާއި މުދަލުގެ ރައްކާތެރިކަމަށްޓަކައި ފިހާރައިގެ ސެކިއުރިޓީ ކަންކަން ވަރުގަދަކުރުމާއި، ގިނައަދަދަކަށް ފައިސާ ފިހާރައިގައި ރައްކާކޮށްފައި ނުބެހެއްޓުމާއި، ފިހާރަ ބަންދު ކުރާއިރު ކޮންމެވެސް ވަރަކަށް ފިހާރައިގައި އަލިކަން ބެހެއްޓުމާއި، އިންޓަރނެޓްގެ ޒަރީއާއިން ފައިސާ ހޯދުމަށް ކުރަމުންގެންދާ ކަންކަމުން ރައްކާތެރިވުމަށް މަސައްކަތްކުރަންވީ ގޮތް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ.