ހުރާގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ހުރާގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ހުރާގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން —

ހުރާ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުންނާއި އަދި ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކ.ހުރާގައި ކުރިއަށް ގެންގޮސްފިއެވެ.

އެޕްރީލް 26ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމަކީ ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ހުރާ ސްކޫލާއި، ހުރާ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެގޮތުން ހުރާ ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި 152 ބެލެނިވެރިން ބައިވެރިވެފައިވާއިރު، ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މުދައްރިސުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 18 މުދައްރިސަކު ބައިވެރިވެފައިވާއިރު، ދަރިން ތަރުބިއްޔަތު ކުރުމުގައި މުދައްރިސުންގެ ދައުރަކީ ކޮބައިކަމާއި އަދި މުދައްރިސުން ކަންކަން ކުރަންވީ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

 މީގެއިތުރުން ހުރާ ސްކޫލްގެ ގްރޭޑް 6ން 10ށް ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 35 ދަރިވަރަކު ބައިވެރިވެފައިވެއެވެ. ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ވަނީ  ދިރިއުޅުމުގެ ރީތި އަދަބުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.