ހުޅުމާލޭގައި ހުރި އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތްކޮށްފައި: މިމައްސަލައާ ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައި --
ހުޅުމާލޭގައި ހުރި އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް މަސައްކަތްކޮށްފައި: މިމައްސަލައާ ގުޅިގެން ދެމީހަކު ވަނީ ހައްޔަރުކޮށްފައި --

ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، އެއޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ އަންނާތީ ހުޅުމާލޭ ޕޮލިސްއިން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ރޭ 03:10 ހާއިރު ލިބުނު މަޢުލޫމާތަކާ ގުޅިގެން އެއޮފީހަށް ދިޔައިރު، ތިޖޫރި ހަލާކުކޮށްލުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަދި އެ ދެމީހުން އެވަގުތު ތިބި ތަނުން ތިޖޫރި ހަލާކުކޮށްލުމަށްޓަކައި ބޭނުންކުރަމުންދިޔަ ބައެއް އާލާތްތައްވެސް ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލޭ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.