viber image

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

އޭޕްރީލް 22ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަކީ، ހޯރަފުށީގައި ދުއްވާ  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމާއި،  ހޯރަފުށީގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރި މަގުތަކަކަށް ހެދުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމާއި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  މިއޮޕަރޭޝަންގައި ބަލައިފައިވާއިރު، ހޯރަފުށީގައި ދުއްވާ 54 އުޅަނދު ބަލައިފާސްކޮށް، އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފްވެފައިވާ 5 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.