SC1

ސްޕެޝަލް ކޮންސްޓަބްލަރީ ޚިދުމަތާއި އަލަށް ގުޅޭ މުވައްޒަފުންނަށް ހިންގި ބޭސިކް ޓްރެއިނިންގގެ ފުރަތަމަ ބުރު ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އިންޓާނަލް ސެކިއުރިޓީ ކޮމާންޑްގެ ހެޑް އެސިސްންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ. މިރަސްމިއްޔާތުގައި އެސިސްންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، ސްޕެޝަލް ކޮންސްޓަބްލަރީ ޚިދުމަތަކީ ފަޚުރުވެރި ޚިިދުމަތެއްކަމަށާއި، މިޚިދުމަތް ދިނުންމަތީ ދެމިތިބުމުގެ އަޒުމުގައި މަސައްކަތް ކުރުމަށް އެދިލެއްވިއެވެ.

sc2

މިގޮތުން މިޚިދުމަތާ ގުޅޭފަރާތަކަށް ހުޅުވެމުންދާ ފުރުޞަތުތަކުގެ ތެރެއިން މިއަހަރުވަނީ، ސްޕެޝަލް ކޮންސްޓަބްލަރީ ޚިދުމަތުގައި 2 އަހަރު ދުވަހުގެ މަސައްކަތްކުރާ މުވައްޒަފުންނަށ ފުލުހުންގެ ވަޒީފާއާ ގުޅުމުގެ ފުރުޞަތު ހުޅުވިގެން ގޮސްފައި ކަމަށާއި، ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނަކީވެސް ފުލުހުންގެ މުއައްސަސާ ތަމްޞީލް ކުރަމުންދާ ބަޔަކަށް ވީހިނދު، ފުލުހުންގެ ތެރޭގައި ހެދިފައިވާ ޤަވާއިދުތަކާއި އުޞޫލްތަކަށް ފުރިހަމަށް ޢަމަލްކުރުމަށް ނަސޭޙަތެރިވެލެއްވިއެވެ. މީގެއިތުރުން ސްޕެޝަލް ކޮންސްޓަބްލަރީގެ ފުލުހުންނަށް ހިންގި ބޭސިކް ތަމްރީން ކޯހުން ލިބިފައިވާ ޢިލްމާއި ހުނަރު ޢަމަލީ މައިދާނުގައި ފުރިހައަށް ބޭނުން ކުރުމަށް ނަސޭޙަތްތެރިވެލެއްވިއެވެ.

sc3

ސްޕެޝަލް ކޮންސްޓަބްލަރީގެ ވަޒީފާއާ އަލަށްގުޅޭ މުވައްޒަފުންނަށް އަމާޒުކޮށްގެން 2017 އޭޕްރީލް 18 ވަނަ ދުވަހުުން ފެށިގެން އެއަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ބޭސިކް ކޯހުގައި ބައިވެރިވި 24 މުވައްޒަފުންވަނީ ކަނޑައެޅިފައިވާ މިންގަނޑުން ފާސްވެފައެވެ. ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނަށް ހިންގާ  ބޭސިކް ކޯހުގެ ދެވަނަބުރު މިހާރު ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ބޭސިކް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ އަޙްމަދާއި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދުގެ އިތުރުން ފުލުހުންގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.