Dhiggaru

.މ.ދިއްގަރުގައި ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި ދިއްގަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަނީ ދިއްގަރުގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދީފައެވެ.

 މި ގޮތުން ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ  އެފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މި މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މ.ދިއްގަރު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.