ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންގެ ތެރެއިން --
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންގެ ތެރެއިން --

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

އޭޕްރީލް 15ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަކީ، ކުޅުދުއްފުށީގައި ދުއްވާ  އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބެލުމާއި،  ކުޅުދުއްފުށީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމާއި ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  މިއޮޕަރޭޝަންގައި ބަލައިފައިވާއިރު، ކުޅުދުއްފުށީގައި ދުއްވާ 45 އުޅަނދު ބަލައިފާސްކޮށް، އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފްވެފައިވާ 6 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ.