ވިލުފުށި ޕްރީސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --
ވިލުފުށި ޕްރީސްކޫލުގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --

ތ. ވިލުފުށި ޕޮލިސް ސްޓޭޝަނާއި ވިލުފުށި ސްކޫލް ގުޅިގެން، އެސްކޫލްގައި ތަޢުލީމް ޙާސިލް ކުރަމުންދާ އެލްކޭޖީއާއި ޔޫކޭޖީގެ ދަރިވަރުންނަށް، ފުލުހުންގެ މަސައްކަތްތަކާއިގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިއޭޕްރީލް މަހުގެ 12ވަނަ ދުވަހު ކުރިއަށް ގެންދިޔަ  މިޕްރޮގްރާމަކީ ވިލުފުށި ސްކޫލުގެ އެދުމުގެ މަތިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އެގޮތުން ފުލުހުންގެ އެކިއެކި ޔުނިފޯމްތަކުގައި ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ރަށުތެރޭގެ އަމާންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި ދަރިވަރުންގެ އުމުރާއި އެކަށީގެންވާ ގޮތަށް އަޚްލާޤު ބައްޓަން ކުރުމާއި އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ކިޔެވުމަށް ސަމާލުކަންދިނުމާއި މައިންބަފައިންނާއި މުދައްރިސުންގެ ބަސްއެހުމުގެ މުހިންމު ކަމާއިގުޅޭގޮތުން ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ

ތ. ވިލުފުށީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށ ްގެންދިޔަ މި ޕްރޮގްރާމުގައި ވިލުފުށީ ސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީގެ  45 ދަރިވަރުން ބައިވެރިވެފައިވެއެވެ.