Madifushi

 ތ. މަޑިފުށި ސްކޫލްގެ ބެލެނިވެރިންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މަޑިފުށި ޕޮލިސް ސްޓޭޝަނުން، މާރޗް 10ވަނަ ދުވަހު ކުރިއަށްގެންދިޔަ މިޕްރޮގްރާމަކީ ”ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމުގައި ބެލެނިވެރިންގެ ދައުރު” މި މަޢުލޫގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމާއި ބެލެނިވެރިންގެ ދައުރުގެ މުހިންމުކަމާއި ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، ބޮޑެތިވަމުންއަންނަ ކުދިންނަށް އާންމު އިޖުތިމާޢީ މިންގަނޑުތަކާއި ޤަވާޢިދުތަށް ދަސްވެފައި ހުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި މުސްތަޤުބަލުގެ ޖީލު ހަރުދަނާގޮތުގައި ބިނާ ކުރުމުގައި ބެލެނިވެރިންގެ ދައުރާއި، އެކިކަންކަމާއި ގުޅިގެން ކުދިންނަށް ލިބެމުންދާ އަނިޔާތަކާއި ގުޅޭގޮތުން ވެސް މިޕްރޮގްރާމްގައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މަޑިފުށީ ސްކޫލްގެ 25 ބެލެނިވެރިން ބައިވެރިވި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މަޑިފުށީ ޔޫތު ސެންޓަރުގައެވެ.