viber image

ނ. ހޮޅުދޫ މޭނާ ސްކޫލާއި ނ. މާޅެންދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން ފެބްރުއަރީ 12ން މާރޗް 08ށް، މޭނާ ސްކޫލްގެ މުވައްޒަފުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއިއެކު ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމަކީ މޭނާ ސްކޫލްގެ ގްރޭޑް 1ން 8ށް ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މޭނާ ސްކޫލްގެ 297 ދަރިވަރުން މިޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު އޭގެތެރެއިން ގިނައަދަދެއްގެ ދަރިވަރުންނަށް ފަތަން ދަސްވެފައިވެއެވެ.

 މާރޗް 08ން 10ށް، މާޅެންދޫ ސްކޫލާއި ކައުންސިލްގެ އެހީތެރިކަމާއިއެކު މާޅެންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި، މާޅެންދޫ ސްކޫލްގެ 68 ދަރިވަރަކު ބައިވެރިވެފައިވާއިރު އެސްކޫލްގެ 22 ޓީޗަރުންނާއި 170 ބެލެނިވެރިންވެސް ބައިވެރިފައިވެއެވެ.

ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ ހުނަރު އިތުރުކުރުމާއި ދަރިވަރުން މޫދަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި، ކްލާސްތައް ނަގައިދީފައިވަނީ ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި މާޅެންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން، މިފަދަ ކްލާސްތައް ނަގައިދުނުމުގެ ހުނަރު ލިބިފައިވާ ފުލުހުންނެވެ.