bilehfahi

އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން ކުރަމުންދާ އެކިއެކި މަސައްކަތްތަކުގެ ތެރެއިން، ށ. ބިލެއްފަހީގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކަނޑިތީމު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 މާރޗް 8ވަނަ ދުވަހު ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގައި، ބިލެއްފަހީގައި މިހާރު ވިޔަފާރިކުރަމުންދާ 08 ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އެގޮތުން   އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ފޯންކޯލްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި، 18 އަހަރުން ދަށުގެ ކުދިންނަށް ސިނގިރެޓް ނުވިއްކުމަށާއި، ވައްކަން ކުރުންފަދަ ހާދިސާތައް ހިނގިޔަނުދިނުމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ރަށްރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ..