fohdhoo

 

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ހިންގަމުންދާ އޮޕަރޭޝަންތަކުގައި ނ.ފޮއްދޫ ގެއެއްގެ ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި، ތުޙުމަތުގައި  މީހަކު ހައްޔަރުކޮށްފިއެވެ.

 މިމަހުގެ 07 ވަނަ ދުވަހު ނ.މަނަދޫ އަދި ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެކޯޓު އަމުރެއްގެ ބަލައިފާސްކޮށްފައިވާއިރު އެގޭ ކޮޓަރިއެއްގެ ތެރޭގައި ހުރި ފޮއްޓެއްގެ ތެރޭގައި އޮތް  ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން،  މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.