hoarafushi

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މާރޗް 5ވަނަ ދުވަހުގެ 16:30ން 18:00 ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނަކީ، ހޯރަފުށީގައި ދުއްވާ  އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ހޯރަފުށީގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް  މިއޮޕަރޭޝަންގައި ބަލައިފައިވާއިރު، ހޯރަފުށީގައި ދުއްވާ 85 އުޅަނދު ބަލައިފާސްކޮށް، އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފްވެފައިވާ 4 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރިވެފައިވެއެވެ