neyfaru

ޅ. ނައިފަރު މަދްރަސަތުލް އިފްތިތާޙްގެ ގްރޭޑް 5، 6 އަދި 7 ގެ ދަރިވަރުންނަށް އަމާޒުކޮށް، މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

ފެބްރުއަރީ 18 ވަނަ ދުވަހު މަދްރަސަތުލް އިފްތިތާޙް ހޯލްގައި ބޭއްވި މިހަރަކާތުގައި އެ ސްކޫލްގެ 150 ދަރިވަރުން ބައިވެރިވެފައިވެއެވެ. ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި، އެހެނިހެން ޢާންމު ބައެއް ޤާނޫނުތަކާއި އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގުޅޭގޮތުން ކުދިންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ މިޕްރޮގްރާމްގައި، ޓްރެފިކް ސައިންތައް އޮޅުންފިލުވައިދީ ޓްރެފިކާއި ގުޅުންހުރި އިތުރު މަޢުލޫމާތުތައްވެސް  ކުދިންނާއި ޙިއްސާކޮށްފައިވެއެވެ.