thaaa

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތ. ގުރައިދޫ އާއި ތ. ވޭމަންޑޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

  ފެބްރުއަރީ 19 ވަނަ ދުވަހު އެދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަނަކީ އެރަށްރަށުގައި ދުއްވާ  އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި  މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މިދެއޮޕަރޭޝުގައިވެސް އަހަރީ ފީއާއި އިންސްއަރެންސް އާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ.

ތ. ގުރައިދޫގައި ހިންގި އޮޕަރޭޝަނުގައި 18 އުޅަނދެއް ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 2 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވެއެވެ. އަދި ތ. ވޭމަންޑޫގައި ހިންގި ޓްރެފިކް އޮޕަރޭޝަނުގައި 14 އުޅަނދެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފުވި ފަރާތަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލޭއާއި ރަށްރަށުގައި ދަނީ ޓްރެފިކް އޮޕަރޭޝަންތައް ސިލްސިލާކޮށް ހިންގަމުންނެވެ.