(ފައިލް ފޮޓޯ)
(ފައިލް ފޮޓޯ)

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތ. ހިރިލަންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ދެކުއްޖަކު ހައްޔަރުކޮށްފިއެވެ.

މިދެކުދިން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިރިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، ފެބްރުއަރީ 19ވަނަ ދުވަހުގެރޭ 20:25 ހާއިރު ހިންގި މި އޮޕަރޭޝަންގައެވެ. އަދި މިދެކުދިން  ހައްޔަރުކޮށް އެދެކުދިންގެ ހަށިގަނޑާއި ތިބިތަން ބަލައިފާސްކުރިއިރު އެކުދިން ތިބިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ  ދެކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތުދީފައެވެ. އެގޮތުން އެއް ކުއްޖަކަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަނެއްކުއްޖާ ގޭބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތަށް ދީފައެވެ.

މިމައްސަލަ ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.