maafaru

 މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ނ. މާފަރުން މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާފަރުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، މަނަދު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފެބްރުއަރީ  21 ވަނަ ދުވަހު ގެ ހެނދުނު 7:00 ހާއިރުއެވެ.

 މިމީހާ ހައްޔަރުކޮށް މިމީހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު  މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 49 ކަރުދާސްކޮޅު ފެނިފައިވެއެވެ.  މަނަދޫ ޕޮލިސް ސްޓޭޝަނުން މިމައްސަލަދަނީ ތަޙުޤީޤު ކުރަމުންނެވެ.