landhoo

 ނ. ލަންދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ލަންދޫ ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ.

ފެބްރުވަރީ 14ވަނަ ދުވަހު ކުރިޔަށްގެންދިޔަ މިޕްރޮގްރާމްގައި، މަޢުލޫމާތު ދީފައިވަނީ ލަންދޫ ސްކޫލްގެ ގްރޭޑް 1ން 3ށް ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށެވެ. މި ޕްރޮގްރާމުގައި 59 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

 މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް، ކުދިންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއި، މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި ބައިސްކަލްފަދަ ތަކެތި ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސްކޫލުތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ.