holhudhoo


ނ. ހޮޅުދޫ މޭނާ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ މޭނާ ސްކޫލްގެ އެދުމުގެމަތިން، ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން  މޭނާ ސްކޫލުގެ ގްރޭޑް 1ން 6ށް ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް މިޕްރޮގްރާމުގައި ވަނީ ހަމަޖެހިފައެވެ.

ތިންހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި،  މޭނާ ސްކޫލްގެ ގްރޭޑް 1ން 6ށް ތަޢުލީމް ޙާސިލްކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވެއެވެ.

މި ޕްރޮގްރާމްގައި  ފަތަން ދަސްކޮށްދިނުމުގެ ކުލާސްތައް، ކުރިއަށް ގެންދަނީ ހޮޅުދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ކުލާސްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.