feliodhu

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވ. ފެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފެލިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ފެލިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ފެބްރުއަރީ 13 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފެލިދޫ ބަނދަރުމަތިން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މިމީހާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ  އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް  15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފެލިދޫ  ޕޮލިސް ސްޓޭޝަނުން މިމައްސަލަ ދަނީ ތަޙުޤީޤު ކުރަމުންނެވެ.