ihavandhoo

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ފަށައިފިއެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުފެށި މި އޮޕަރޭޝަނަކީ، އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، އިހަވަންދޫގެ މަގުތަކަކީ ރައްކާތެރި، އަމާން މަގުތަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި، އިހަވަންދޫގައި ދުއްވާ 14 އުޅަނދު މިހާތަނަށް ބަލައިފާސްކޮށްފައިވާއިރު، ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ބައެއް ފަރާތްތަކަށް ނަސޭޙަތްތެރިވެފައިވެއެވެ.