IMG_4063

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ.އަތޮޅު މަދުރަސާގެ ގްރޭޑް 08 ން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފީއަލީގައި ކުރިޔަށްގެންގޮސްފިއެވެ.

ފ.ނިލަންދޫ ޕޮލިސް ސްޓޭޝަނާއި ފ.ފީއަލީ ޕޮލިސް ޑެސްކް އަދި ފ.އަތޮޅު މަދުރަސާ ގުޅިގެން، ފެބްރުއަރީ 12 ވަނަދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި މަގު ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން ކުދިންނަށް މަޢުލޫމާތު ދީފައިވެއެވެ.  މީގެއިތުރުން ޓްރެފިކް މައްސަލަތައް ހައްލުކުރުމުގައި ދަރިވަރުންގެ ފެންވަރުގައި ކުރެވިދާނެ ކަންކަމާއިގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

 ފީއަލީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ފ. އަތޮޅު މަދުރަސާގެ 40 ދަރިވަރުން  ބައިވެރިވެފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ފ. އަތޮޅުގެ ހުރިހައި ރަށްރަށެއްގައި މުޅިއަހަރަށް ބަހާލައިގެން ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.