velidhoo

ނ. ވެލިދޫ ފަޅުގެއެއް  ބަލައިފާސްކޮށް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 06 ރަބަރު ޕެކެޓު ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ފެނިފައިވަނީ ވެލިދޫގައި މަސައްކަތްކުރާ ފުލުހުން، ފެބްރުއަރީ 13 ވަނަ ދުވަހުގެރޭ 00:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ރަށުގެ އެކި ސަރަޙައްދުތައް ބަލައިފާސްކުރުމުގެ ތެރެއިން އެރަށުގެ ފަޅުގެއެއް ބަލައިފާސްކޮށް،  އެގޭގެ  ފާރު ރޭނުމަށް ބޭނުންކޮށްފައިވާ އެޅިގަލެއްގެ ތެރެއިންނެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ ތަޙުޤީޤު ކުރަމުންނެވެ.