Villingili

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ފުލުހުން ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނަކީ، ވިލިނގިލީގައި ދުއްވާ އެއްގަމު އުޅަނދުތަކަކީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމާއި، ވިލިނގިލީގެ މަގުތަކަކީ ރައްކާތެރި، އަމާން މަގުތަކަކަށް ހެދުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

ވިލިނގިލީގައި ދުއްވާ 55 އުޅަނދު، މިއޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވެއެވެ. އޭގެތެރެއިން ޓްރެފިކްގެ ޤަވާއިދާއި ޚިލާފުވެފައިވާ 03 ފަރާތަކާއި މެދު ފިޔަވަޅު އަޅައި ނަސޭހަތްދީފައިވެއެވެ.