ފުވައްމުލަކުގައި ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނުގެ ތެރެއިން --
ފުވައްމުލަކުގައި ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނުގެ ތެރެއިން --

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނުގައި 400 އަށްވުރެ ގިނަ އުޅަނދު ބަލައިފާސްކޮށްފިއެވެ.

މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި ޓްރެފިކް އޮޕަރޭޝަނުގައި 400 އަށްވުރެ ގިނަ އުޅަނދު ބަލައިފާސްކޮށްފައިވާއިރު ޤަވާއިދާ ޚިލާފުވި 145 ފަރާތަކާ މެދު ފިޔަވަޅު އަޅާފައިވެއެވެ.

ފުވައްމުލަކު ކުރިއަށް ގެންދާ މި ޓްރެފިކް އޮޕަރޭޝަނަކީ ފުވައްމުލަކުގައި ދުއްވާ އުޅަނދުތަކަކީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުންނާއި ފުވައްމުލަކުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް އުޅަނދުތަކުގެ އަހަރީފީ އާއި އިންޝުއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން  ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ޗެކްކުރަމުންދާނެއެވެ.