އިންނަމާދޫގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --
އިންނަމާދޫގައި ކުރިއަށް ގެންދާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން --

ރ. އިންނަމާދޫ ސްކޫލްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ.

ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، އިންނަމާދޫ ސްކޫލްގެ އެދުމުގެމަތިން، އިންނަމާދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން  އިންނަމާދޫ ސްކޫލުގެ ގްރޭޑް 2 ގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުން މޫދަށް އަހުލުވެރިކުރުމުގެ  އިތުރުން ގްރޭޑް 3 ގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމާއި ފެތުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް މިޕްރޮގްރާމުގައި ވަނީ ހަމަޖެހިފައެވެ.

  އިންނަމާދޫ ސްކޫލްގެ ގްރޭޑް 2 އަދި 3 ގައި ތަޢުލީމް ޙާސިލްކުރަމުންދާ ހުރިހާ ދަރިވަރުން މިޕްރޮގްރާމްގައި ބައިވެރިވެއެވެ.

 ފަތަން ދަސްކޮށްދިނުމުގެ ކުލާސްތައް، މި ޕްރޮގްރާމްގައި ކުރިއަށް ގެންދަނީ އިންނަމާދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން މިފަދަ ކުލާސްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ފުލުހުންނެވެ.