ohuvelifushi

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރިޔަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި އޮޅުވެލިފުށި ސްކޫލް ގުޅިގެން ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އޮޅުވެލިފުށީ ސްކޫލްގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ އޮޅުވެލިފުށި ސްކޫލުގެ ގްރޭޑް 8ން 12ށް ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަށާއި އޮޅުވެލިފުށި ސްކޫލްގެ މުދައްރިސުންނަށާއި، މުވައްޒަފުންނަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މަގުމަތީގެ ޤަވާއިދުތަކަށް އަހުލުވެރި ކުރުވުމަށް މިޕްރޮގްރާމްގައި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މިޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައިވަނީ ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.