maafushi

ކ. މާފުށީ ބަނދަރު ސަރަޙައްދު ބަލައިފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 75 ރަބަރު ޕެކެޓާއި 9 ސެލޯފިންކޮޅު  ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ފެނިފައިވަނީ މާފުށީގައި މަސައްކަތްކުރާ ފުލުހުން، ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ ރަށުގެ އެކި ސަރަޙައްދުތައް ބަލައިފާސްކުރުމުގެ ތެރޭގައި ބަނދަރު ސަރަޙައްދުގެ ހުޅަނގުފަރާތު ތޮށިގަނޑުގައި ޖަހާފައިވާ ބޮޑު ހިލަތަކުގެ ތެރެއިންނެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި މި މައްސަލަ މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.