ހުޅުމާލެ ސްކޫލުތައް ކައިރީގައި ޓްރެފިކް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން --
ހުޅުމާލެ ސްކޫލުތައް ކައިރީގައި ޓްރެފިކް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން --

ހުޅުމާލޭގައި ހުރި ސްކޫލުތައް ކައިރީގައި ޓްރެފިކް  ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތްތަކާ ގުޅޭގޮތުން އެސްކޫލުތަކުގެ އިސްވެރިންނަށް މަޢުލޫމާތު ދީފިއެވެ.

ހުޅުމާލެ ޕޮލިސްގެ ޓްރެފިކް ޕޮލިސް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުން، ހުޅުމާލޭގައި ހުރި ސްކޫލްތަކަށް ޒިޔާރަތްކޮށް އެސްކޫލުތަކުގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުންތަކުގައި ވަނީ އަންނަ ހަފްތާގައި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާތީ، ސްކޫލުތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގައާއި ނިމޭ ގަޑިތަކުގައި އެސަރަޙައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި ފުލުހުންނާއި ސްކޫލުތައް ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުންވެސް މި ބައްދަލުވުންތަކުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުންތަކުގައި ހުޅުމާލޭގެ ހަތަރު ސްކޫލަކަށް ފުލުހުން ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާއިރު މި ބައްދަލުވުންތަކުގައި އެސްކޫލުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.