މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --
މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތެރެއިން --

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނާއި ޤަވާއިދުތަކަށް މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން އަހުލުވެރިކުރުމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިއްޔެ ދޫނިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނާއި އެޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ޤަވާއިދުތަކުގެ ހިމެނޭ ކަންކަމާއި އެ ޤަވާއިދުތަކަށް އައިސްފައިވާ ބަދަލުތަކާއި އަލަށް ތަޢާރަފްކުރެވިފައިވާ ބައިތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގައި މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ހުރިހާ ޔުނިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ކަމާބެހޭ އިސްބޭފުޅުންނެވެ.