ކުރެންދޫގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ކުރެންދޫގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ކުރެންދޫގައި ހިންގި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން —

ޅ. ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ގްރޭޑް 6 ން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ޅ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ދަރިވަރުންނާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުންނާއި ޅ. އަތޮޅު މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެމަދަރުސާގެ ގްރޭޑް6،7،8،9 އަދި 10 ގެ 60 ދަރިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނެވެ.