ކ.ވ: ހއ.ހޯރަފުށި / ފިތުރޯނުގެ ، ޢަދުނާން ޤާސިމް (47އ) .. ތ.ވިލުފުށި / އިރުއައްސޭރި، އިބްރާހީމް ވާޖިދު (23އ)
ކ.ވ: ހއ.ހޯރަފުށި / ފިތުރޯނުގެ ، ޢަދުނާން ޤާސިމް (47އ) .. ތ.ވިލުފުށި / އިރުއައްސޭރި، އިބްރާހީމް ވާޖިދު (23އ)

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ ދެމައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ހއ.ހޯރަފުށި، ފިތުރޯނުގެ ، ޢަދުނާން ޤާސިމް (47އ) އާއި ތ.ވިލުފުށި، އިރުއައްސޭރި، އިބްރާހީމް ވާޖިދު (23އ) އެވެ.

ވީމާ މި ދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.