PEM

ޕޮލިސް އެކެޑަމީ ލައިފްސްޓައިލް ފިޓްނަސް ޗެލެންޖް 2018 އިފްތިތާޙް ކޮށްފިއެވެ.

އިއްޔެ ހެނދުނު ހުޅުމާލޭގައި މި ހަރަކާތް އިފްތިތާޙު ކޮށްދެއްވީ ޕޮލިސް އެކެޑަމީގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމްއެވެ. މިހަރަކާތުގައި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް)ގެ ޑިޕާރޓްމަންޓުތަކުގެ އިސްވެރިންނާއި ޕޮލިސް އެކެޑަމީގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.

ހުޅުމާލޭގައި ބޭއްވި މި ހަރަކާތުގައި ޕޮލިސް އެކެޑަމީ ލައިފްސްޓައިލް ފިޓްނަސް ޗެލެންޖް 2018 ކުރިޔަށްދާނެގޮތާއި ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން ހުޅުމާލެ ވަށާ ބައިވެރިން ދުވެފައިވެއެވެ.

ޕޮލިސް އެކެޑަމީ ލައިފްސްޓައިލް ފިޓްނަސް ޗެލެންޖަކީ ވަޒީފާގެ މާހައުލުގަޔާއި އާންމު ދިރިއުޅުމުގައި ހަރަކާތްރިވެ، ހެލިފެލިވެ އުޅުމުގެ ޤާބިލުކަމާއި ޝައުޤުވެރިކަން ބައިވެރިންގެ ގައިގައި އަށަގެންނެވުމާއި، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމަކީ މުހިއްމުކަމެއް ކަމުގައި ދެކި އެގޮތުގައި އަބަދުވެސް ދެމިތިބުމުގެ ރޫހު އަށަގެންނެވުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޗެލެންޖެކެވެ.

PEM1

އެގޮތުން މި ފިޓްނަސް ޗެލެންޖް ޕްރޮގްރާމް  މައިގަނޑު 03 ކެޓަގަރީއަކަށް ފަރުމާކޮށްފައިވާއިރު މި ކޮންމެ ކެޓަގަރީއެއްގައި ތިން ލެވަލްއެއް ހިމަނާފައިވެއެވެ. މި ލެވަލްތަކަކީ ބްރައުންޒް ލެވަލް، ސިލްވަރ ލެވަލް އަދި ގޯލްޑް ލެވަލްއެވެ.

ޕޮލިސް އެކެޑަމީ ލައިފްސްޓައިލް ފިޓްނަސް ޗެލެންޖް 2018 އަކީ ޕޮލިސް އެކެޑަމީ އަދި އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ މުވައްޒަފުންނަށް ހުޅުވާލެވިގެން ކުރިޔަށް ގެންދާ ޕްެރޮގްރާމެކެވެ.