DED30th Ops1

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ހަތަރު ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި 13 މީހަކު ހައްޔަރުކޮށްފިއެވެ.

މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 39 އަހަރާ ދެމެދުގެ ފިރިހެނުުންނެވެ.

ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅުގެ ދެ ގެއަކާއި މާފަންނު ގެއެއްގެ އިތުން މައްޗަންގޮޅީގެ ގެއެއް ވަނީ ބަލައިފާސްކޮށްފައެއެވެ.

DED30th Ops2

އެގޮތުން ބަލައިފާސްކުރި އެގެތަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 9 ރަބަރު ޕެކެޓާއި 133 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 3 ދަޅާއި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 10 ރަބަރު ޕެކެޓާއި ޕްލާސްޓިކް ކޮތަޅެއް ފެނިފައިވެއެވެ.

މިމައްސަލަތައް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.