Vaanee1

ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ދ. ވާނީގައި ހިންގި 40 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ނިންމައި ބައިވެރިންނަށް ހަނދާނީލިޔުން ދީފިއެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދ. ވާނީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔާޑް) އަބްދުއްޝުކޫރު އަބްދުﷲ އެވެ.

ދ. ވާނީގައި ހިންގި ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ 13 ން ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ކޯހެކެވެ.  ޖުމްލަ 89 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކުރި މި ކޯހުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް ޝަޒުވާ އަނީސްއެވެ.

Vaanee3

މިރަސްމިއްޔާތުގައި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް)ގެ އިސްވެރިންނާއި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި ފުލުހުންގެ ސީނިއަރ އޮޮފިސަރުންނާއި ދ. އަތޮޅު ކައުންސިލާއި ދ. އަތޮޅު ރިސޯޓްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

Vanee2

ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގައި ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިންގ އާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެއެވެ. އަދި ފުލުހުންނާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކާއި އިންސާނީ ހައްގުތަކާއި ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޓަކްޓާއި އެތިކްސް ކިޔަވައިދިނުމުގެ އިތުރުން ސިނާރިއޯ އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޯހުގައި ކިޔަވައިދީފައިވަނީ ޕޮލިސް އެކަޑަމީގައި މަސައްކަތްކުރާ މުދައްރިބުންގެ ތެރެއިން ކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލް މުދައްރިބުންނެވެ.