[caption id="attachment_131781" align="alignright" width="640"]ތަކަންދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދެނީ -- ތަ[/caption]

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ހއ. ތަކަންދޫގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ރޭ ތަކަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ވަނީ ކުށްތަކަށް އަމާޒުކޮށްގެން ރަށުތެރެ ޕެޓްރޯލްކޮށް ރަށުގެ ފަޅުގެތަކާއި ކުށްކުރާކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ތަންތަން ބަލައިފާސްކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޓްރެފިކް އޮަޮޕަރޭޝަނެއްގެ އިތުރުން ތަކަންދޫގެ ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ.

މިގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހިންގި ޓްރެފިކް އޮަޕަރޭޝަނުގައި އެރަށުގައި ދުއްވާ  އިންޖީނުލީ އެއްގަމު އުޅަނދު ބަލައިފާސްކޮށްފައިވާއިރު ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ނަސޭޙަތްތެރިވެފައިވެއެވެ. އަދި ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތުގައި ވަނީ ފިހަރާތަކަށް ޒިޔާރަތްކޮސް ރީލޯޑް ރާސްޓަސް ކުރުމުގައި ސަމާލުވުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ފުލުހުންގެ ޚިދުމަތް ޤާއިމްވެފައި ނެތް ރަށްރަށަށް އަމާޒުކޮށްގެން ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.