Kaashidhoo Kasrathu Program

ކ. ކާށިދޫ ޕޮލިސް ސްޓޭޝަނާއި ކާށިދޫ ކައުންސިލާއި ސްކޫލް އަދި ސިއްޙީ މަރުކަޒު ގުޅިގެން ކާށިދޫއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

“ދުޅަހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު” މި ނަމުގައި ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ކަސްރަތު ޕްރޮގްރާމުގައި ޖުމްލަ 68 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި 4 ފިރިހެން ބައިވެރިންވެސް ހިމެނެއެވެ.

 ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތުގެ މުހިންމުކަމާއި ރަނގަޅު ކާނާއާ ގުޅޭގޮތުން މި ޕްރޮގްރާމުގައި ބައިވެރިންނަށް މަޢުލޫމާތު ދެވޭއިރު  މޫދު ކަސްރަތު ކުލާސްތަކެއްވެސް މި ޕްރޮގްރާމުގައި ކުރިއަށް ގެންދާނެއެވެ.

މީގެއިތުރުން ޕްރޮގްރާމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ކާށިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.