Badhahi Dhuvun

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ރައުޙަތު ސްޕޯޓްސް އެކަޑަމީ ގުޅިގެން މުޅި ތިނަދޫއަށް ހުޅުވާލައިގެން “ބަދަހި ދުވުން 2018” ގެ ނަމުގައި ދުވުމަށް ބާއްވަން ހަމަޖައްސައިފިއެވެ.

ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެރޭ 00:00 ގައި ތިނަދޫ ރަސްމީ ޖެޓީ ސަރަޙައްދުން ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ގެންދަނީ ދެ އުމުރު ފުރަޔަކަށެވެ. އެއީ 35 އަހަރުން މަތީގެ އުމުރު ފުރައާއި 35 އަހަރުން ދަށުގެ އުމުރު ފުރައިގެ ދެ ޖިންސުުގެ މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ.

3 ކިލޯމީޓަރުގެ ފުރިހަމަ ކުރަންޖެހޭ މި ދުވުމުގައި ކޮންމެ އުމުރު ފުރައިން އެއް ވަނަ، ދެވަނަ އަދި ތިން ވަނަ ހޮވައި މެޑަލްއާއި ޓްރޮފީ ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

“އަމާން، ދުޅަހެޔޮ މުޖުތަމަޢުއެއް – ބަދަހި މުޖުތަމަޢުއެއް” މި ޝިޔާރުގެ ދަށުން ކުރިއަށް ގެންދާ މި ދުވުމަކީ ފލުހުންނާއި ރައުޙަތު ސްޕޯޓްސް އެކަޑަމީ ގުޅިގެން ތިނަދޫގައި ހުރި މުއައްސަސާތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ދުވުމެކެވެ.