3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ޕޮލިސް ކުލަބާއި ރޭޖް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން : ޕޮލިސް ކުލަބު ވަނީ މުބާރާތުގެ ކުއަޓަރ ފައިނަލަށް ދަތުރުކޮށްފައި --
3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ޕޮލިސް ކުލަބާއި ރޭޖް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން : ޕޮލިސް ކުލަބު ވަނީ މުބާރާތުގެ ކުއަޓަރ ފައިނަލަށް ދަތުރުކޮށްފައި --

އެފްއޭއެމް ތިން ވަނަ ޑިވިޜަންގެ ގަދަ 16 ގައި ޕޮލިސް ކުލަބާއި ކޮލެޖް ފްރެންޑްސް ކުލަބާ ވާދަކުރިމެޗު ކާމިޔާބުކޮށް ޕޮލިސް ކުލަބު ކުއަޓަރ ފައިނަލުން ޖާގަހޯދައިފިއެވެ.

  އިއްޔެ ހަވީރު ޓާފް ދަނޑުގައި ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއެކުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ޕޮލިސް ކުލަބުން ވަނީ ދެ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު ހައިދަރު އާއި ޕޮލިސް ކުލަބަށްކުޅޭ ތަޒަކިސްތާނު ޑިފެންޑަރެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ޕޮލިސް ކުލަބު 2-0 ން ކުރީގައި އޮވެގެންނެވެ. މިމެޗުގައި ޕޮލިސް ކުލަބުން ޖެހި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޢަލީ އަޒްހަރުއެވެ.

އެފްއޭއެމް ތިން ވަނަ ޑިވިޜަންގެ ކުއަޓަރ ފައިނަލުގައި ޕޮލިސް ކުލަބު ވާދަކުރާނީ ވާދަވެރި ދިވެހި ސިފައިންގެ ކުލަބާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހުގެ ހަވީރުއެވެ.