HQ3

މާރާމާރީ ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހުއްޓުވައި، ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ގުލޭނޫރަންމަގުން ވަންވޭއާ އިދިކޮޅަށް ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ފެނުމާ ގުޅިގެން ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ 02:37 ހާއިރުއެވެ.

އެދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެދެމީހުން ދުއްވި ސައިކަލް މަޑިދަށުން  މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެތި ފެނިފައިވެއެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.