އއ. ރަސްދޫ، ޑީޑީނައިޓް، އަޙްމަދު ކަމާލް (33އ) --
އއ. ރަސްދޫ، ޑީޑީނައިޓް، އަޙްމަދު ކަމާލް (33އ) --

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ފިހާރައަކުން ވައްކަމުގެ މައްސަލައެއްގެ ތުޙުމަތުގައި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ އއ. ރަސްދޫ، ޑީޑީނައިޓް، އަޙްމަދު ކަމާލް (33އ) އެވެ.

ވީމާ އަޙްމަދު ކަމާލްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.