އެފްއޭއެމް ތިން ވަނަ ޑިވިޜަންގައި ޕޮލިސް ކުލަބާއި ރޭޖް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން --
އެފްއޭއެމް ތިން ވަނަ ޑިވިޜަންގައި ޕޮލިސް ކުލަބާއި ރޭޖް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން --

އެފްއޭއެމް 3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 5 ގައި ރޭޖް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައި ޕޮލިސް ކުލަބު ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.

ޕޮލިސް ކުލަބު ދެވަނަ ބުރުން ޖާގަ ކަށަވަރުކުރީ ޑިސެމްބަރު 5 ވަނަ ދުވަހުގެ ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު މެޗުގައި ރޭޖް ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0 ން ކުރިހޯދައި ގްރޫޕް 5 ގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ލިބުނު 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ރޭޖް ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބު ވާދަކުރި މެޗުގައި ޕޮލިސް ކުލަބަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޢަލީ އަޒްހަރު އާއި ޕޮލިސް ކުލަބަށް ކުޅޭ ތަޒަކިސްތާނު ކުޅުންތެރިޔާ ފިރުޒުލްއެވެ.

ތިން ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ޕޮލިސް ކުލަބު ކުޅޭ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ.