ކ-ވ:  މަންޒޫރު ޙުސައިން އަދި މުޙައްމަދު ޙޮސައިން --
ކ-ވ: މަންޒޫރު ޙުސައިން އަދި މުޙައްމަދު ޙޮސައިން --

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ދެބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުންދާ ދެމީހުންނަކީ ޕާކިސްތާނު ރައްޔިތެއްކަމަށްވާ މަންޒޫރު ޙުސައިން އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ މުޙައްމަދު ޙޮސައިން އެވެ.

ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.