Thakandhoo Kasrathu2

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. ތަކަންދޫ ކައުންސިލް ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 1 ން 30 އަށް ހއ. ތަކަންދޫގައި ހިންގި މި ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ގޮތުން ތަކަންދޫ ޕްރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަސީމްއެވެ.

ތަކަންދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގި މި ކަސްރަތު ޕްރޮގްރާމުގައި ވަނީ ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދީ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ރަނގަޅު ކާނާއާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައެވެ. އަދި ކަސްރަތު ޕްރޮގްރާމުގެ ތެރެއިން މޫދު ކަސްރަތު ކުލާސްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

Thakandhoo Kasrathu

އެއް މަސްދުވަހުގެ މުއްދަތަށް ހިންގި މި ކަސްރަތު ޕްރޮގްރާމުގައި 21 ފަރާތަކުން ބައިވެރިވެފައިވާއިރު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހއ. ދިއްދޫގައި މަސައްކަތްކުރާ ފުލުހަކާއި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.