Kunburudhoo Kasrathu

އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އދ. ކުނބުރުދޫ ކައުންސިލާއި ކުނބުރުދޫ ސްކޫލު ގުޅިގެން އެރަށުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

މިޑިސެމްބަރު މަހުގެ 02 ވަނަ ދުވަހުގެރޭ ކުނބުރުދޫ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ އދ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ސައީދު ޢަބްދުލް ހަކީމެވެ.

Moodhu Kasrathu

މިދިޔަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް " ދުޅަހެޔޮ މުޖުތަމަޢުއަކަށް ކަސްރަތު" ގެ ނަމުގައި ދެ ޖިންސުމުގެ މީހުންނަށް އަމާޒުކޮށްގެން ކުނބުރުދޫގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމުގައި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ 96 ފަރާތަކުން ބައިވެރިވެފައިވާއިރު ޕްރޮގްރާމް ފުރިހަމަކޮށްފައިވަނީ 71 ބައިވެރިންނެވެ.

Moodhu Kasrathu2

މި ކަސްރަތު ޕްރޮގްރާމުގައި މޫދު ކަސްރަތުގެ އިތުރުން ދުޅަހެޔޮކޮށް ހަށިގަނޑު ބެެހެއްޓުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ހަށިގަނޑަށް ފައިދާހުރި ކާނާއާ ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ. މި ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވަނީ އދ. އަތޮޅު ކޮމާންޑަރާއި އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.