Vaadhoo

ރ. ވާދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުންނާއި ރ. ވާދޫގެ ޒުވާނުން ގުޅިގެން "ކޮމިއުނިޓީ ފުޓްސަލް ކަޕް" ގެ ނަމުގައި މުބާރާތެއް ބާއްވައިފިއެވެ.

މިޑިސެމްބަރު މަހުގެ 1 ން 3 އަށް ރ. ވާދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފްސީ ލިއޯނާއެވެ. އެޓީމު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލް މެޗުގައި ބުރުއާން ސިޓީ އާވާދަކޮށް 8-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

Vaadhoo1

ފުލުހުންނާއި ވާދޫގެ ޒުވާނުން ގުޅިގެން ބޭއްވި މި ފުޓްސަލް މުބާރާތަކީ ފުލުހުންނާ ޒުވާނުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ ގޮތުންނާއި ވާދޫގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ކުށްމަދުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުޞަދުގައި ބޭއްވި މުބާރާތެކެވެ.