މިއީ ރާއްޖެއަށް މިހާެރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށްރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޕޮލިސް ލައިފް މެދުވެރިކޮށް ގެނެސްދިނުމަށް ޕޮލިސް މީޑިއާ ސެންޓަރުން ފޯރުކޮށްދޭ މަޢުލޫމާތުތަކެކެވެ.

02 ޑިސެމްބަރު 2017

ދިއްގަރަށް އުދަ އަރަމުންދާތީ ފުލުހުންނާއި އެރަށުގައި އެކުލަވާލާފައިވާ ޓާސްކް ފޯސް ގުޅިގެން ދަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައް ކުރަމުންނެވެ.

ދިއްގަރަށް އުދައަރަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްތަކުގައި ފުލުހުންނާއި އެރަށުގައި އުފައްދާފައިވާ ޓާސްކު ފޯސް ހަރަކާތްތެރިވަނީ --
01 ޑިސެމްބަރު 2017

ހއ. ކެލައަށާއި މ. ދިއްގަރަށް އުދަ އަރަމުންދާތީ ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ހއ. ކެލާއަށް އުދައަރަމުންދާތީ ރައްކާތެރިކަމުގެ ގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްތަކުގައި ފުލުހުންނާއި ކައުންސިލް އަދި ރައްޔިތުން ހަރަކާތްތެރިވަނީ --

ރ. އިންނަމާދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފެން ހިއްކުމުގެ މަސައްކަތުގެ އިތުރުން ވެލިބަސްތާ ޖެހުމުގެ މަސައްކަތްތައް ދަނީ ރައްޔިތުންނާއި ކައުންސިލް އަދި ފުލުހުން ގުޅިގެން ކުރަމުންނެވެ.

އިންނަމާދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި --

ރޭ ދަންވަރު ށ. ކޮމަންޑޫއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 8 ގެއަކަށް ފެން ވަދެފައިވެއެވެ. އަދި މިގެތަކަށް ފެންވަނުން ކޮޓްރޯލްކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރޭ ދަންވަރު ށ. މާއުނގޫދޫއަށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން 20 ގެއަކަށް ފެން ވަދެފައިވެއެވެ. މި ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ވަނީ ކޮށްފައެވެ.

30 ނޮވެމްބަރު 2017

ށ. މާއުނގޫދޫގެ އިތުރު ގެތަކަކަށް ފެންވަންނަމުންދާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުން

ރ. އަލިފުށީ ގެއަކަށް ފެންވަދެފައިވާތީ އެގެއަށް ފެންވަނުން ކޮންޓްރޯލްކުރުމަށް ބެލިބަސްތާ ޖެހުމުގައި ފުލުހުންނާއި ރައްޔިތުން ގުޅިގެން ދަނީ ކުރަމުން.

އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި ބެލްކަނި އަދި ޓެރެސް ގައި ހުންނަ ގަސް މުށި ފަދަތަކެތި ރައްކާތެރިކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަކީ ވައިގަދަވެގެންދާ ވަގުތުތަކުގައި ހިނގާފާނެެ ހާދިޘާއަކުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކެކެވެ. އެހެންކަމުން މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މި ފުރުޞަތުގައި އިލްތިމާސްކުރަން.

ށ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކުން ށ. މާއުނގޫދޫއަށް އައި ލޯންޗެއް އެރަށަށް ވަންނަ އުޅުމުގެ ތެރޭގައި ބަންޑުން ޖަހާލުމާއި ގުޅިގެން މާއުނގޫދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހުން ދަނީ ހަރަކާތްތެރިވަމުން. މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:38 ހާއިރު. ލޯންޗުން ދަތުރުކުރި މީހުންވެސް ވަނީ ސަލާމަތްކޮށްފައި.

ޅ. ނައިފަރު އަދި ހިންނަވަރުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާތީ ފެން ވަނުންކުޑަކުރުމަށް އެދެރަށުގައިވެސް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުންނާއި ކައުންސިލާއި އެދެރަށުގައި ހުރި މުއައްސަސާތައް އަދި ސިފައިން ގުޅިގެންވަނީ ކޮށްފައެވެ. މި މަސައްކަތުގެ ދަށުން ނައިފަރުގެ 11 ގެއެއްގައި ވެލިބަސްތާ ޖަހާފައިވާއިރު ހިންނަވަރު ދެ ގެއެއްގައި ވަނީ ވެލިބަސްތާ ޖަހާފައެވެ. އަދި ނައިފަރުގެ ދެ ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގުޅިގެން ދަނީ ކުރަމުންނެވެ.

ނައިފަރުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި ފުލުހުންނާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހަރަކާތްތެރިވަނީ --

މަނަދޫގައި ފެންބޮޑުވުމާއި ގުޅިގެން ގޭގެއަށް ފެންވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފުލުހުން ކުރަނީ

ނ. މަނަދޫގައި ފެންބޮޑުވެ ތިން ގެއަކަށް ފެންވަނުމާއި ގުޅިގެން ފެންވަނުން ކޮޓްރޯކޮށް ފެން ހިއްކުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

ފ. ނިލަންދޫގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުމުގެ މަސައްކަތް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރަނީ

ނ. ހޮޅުދޫގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން

މިހާރު ކުރަމުންދާ ވިއްސާރާގައި ދ. މީދޫގައި ފެންބޮޑުވުމާއި ގުޅިގެން ގޭގެއަށް ފެންވަނުން ކޮޓްރޯލްކުރުމަށް ވެލިބަސްތާ ޖަހާފައި: މީދޫގައި ފެންބޮޑުވުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން.

ޅ. ނައިފަރު އަދި ހިންވަރުގައި ފެންބޮޑުވެ ދެ ގެއަށް ފެންވަނުމާއި ގުޅިގެން ފެން ވަނުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.