ގިނަ ޢަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
ނޮވެމްބަރު 27 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހުއްޓުވި ޕިކަޕް ބަލައިފާސްކުރަނީ --
ނޮވެމްބަރު 27 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހުއްޓުވި ޕިކަޕް ބަލައިފާސްކުރަނީ --

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ބަޔަކު ޤަވާއިދާ ޚިލާފަށް ބަނގުރާ މާލެއަށް އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ހިންގި އޮޮޕަރޭޝަނުގައި ޕިކަޕެއްގައި ދަނިކޮށް ޓެލެކޮމް ބިލްޑިންގ ކައިރިންނެވެ.

މި ޕިކަޕް ހުއްޓުވައި ބަލައިފާސްކުރިއިރު އެޕިކަޕް ތެރެއިން 144 ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި މިމައްސަލައާ ގުޅުހުންހުރިކަމަށް ބެލެވޭ ލޯންޗެއްވެސް ވަނީ ބަލައިފާސްކޮށްފައެވެ. މި ލޯންޗު ބަލައިފާސްކުރިއިރު ލޯންޗު ތެރެއިން 95 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.